އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު، އެ އިންތިހާބު ކާމިޔާބު ނުވާނެކަން ޤަބޫލުކޮށްފި ކަމުގެ ނިޝާންތަކެއް އިންތިހާބުގައި ވާދަކުރާ އެ ޤައުމުގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް ދީފިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވާދަކޮށް ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާރު ދައްކާ ގޮތުގައި ޓްރަމްޕަށް މިހާރުވެސް ވަނީ 267 އިލެކްޓޮރަލް ވޯޓު ލިބިފައެވެ. ކަމަލާއަށް ލިބިފައިވަނީ 214 އިލެކްޓޮރަލް ވޯޓެވެ. މި އިންތިހާބު ކާމިޔާބު ކުރަން 270 އިލެކްޓޮރަލް ވޯޓު ބޭނުންވާނެއެވެ.
މި އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ އެންމެ މުހިންމު ބައެއް ސްޓޭޓުތައް ކަމުގައިވާ ޕެންސިލްވޭނިއާ، ނޯތު ކެރޮލައިނާ އަދި ޖޯޖިއާ އިން ޓްރަމްޕް ވަނީ ބޮޑުތަނުން ކުރި ހޯދާފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ކަމަލާ ވަނީ އޭނާއަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެކަމުގެ އުފަލުގައި މިރޭ ބޮޑު ޕާޓީއެއް ބާއްވަން ތައްޔާރު ކޮށްފައެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ މިހާރު ދައްކާ ގޮތުން، އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޓްރަމްޕް ކަމަށް ބޮޑަށް ޔަގީންވުމާއެކު ކަމަލާ މިހާރު ވަނީ އެ ޕާޓީ ކެންސަލު ކޮށްފައެވެ.


