ޔަހޫދީ އިޒްރޭލުން ސުލްހަވެރިކަމަށް މަސައްކަތް ކުރާ އ.ދ ގެ އޮފިޝަލުންތަކަކަށް އަނެއްކާވެސް ހަމަލާދީފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އިޒްރޭލުން ލުބްނާނަށް ހަމަލާ ދޭން ފެށިފަހުން އެތަނުގައި މަސައްކަތް ކުރާ އ.ދ ގެ އޮފިޝަލުން އެސަރަހައްދު ދޫކޮށް ދިޔުމަށް ވަނީ ގޮވާލައިފައެވެ.
ނަމަވެސް އ.ދ އިން ބުނެފައިވަނީ އޮފިޝަލުން އެމީހުން ކުރަމުންގެންދާ މަސައްކަތްތަކާއި ޒިންމާތައް ދޫކޮށްފައި ނުދާނެ ކަމަށާއި، އިންސާނިއްޔަތާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިޒްރޭލުން ދެމުންގެންދާ ހަމަަލާތައް ހުއްޓާލުމަށެވެ.
އ.ދ ގެ ގޮތްޕެއް ކަމުގައިވާ ޔޫއެންއައިއެފްއައިއެލް އިން ބުނެފައިވަނީ، އިޒްރޭލުން ދިން ހަމަލާތަކުގެ ތެރެއިން 30 ހަމަލާއެއްގައި އ.ދ ގެ އޮފިޝަލުންތަކެއް ވެސް ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން 20 ހަމަލާއަކީ ގަސްތުގައި ސީދާ އ.ދ ގެ އޮފިޝަލުން ޒަހަމް ކުރުމަށް ދިން ހަމަލާތަކެއްކަން ސާބިތުވާ ކަމަށެވެ.




