މާލެ ހިމޭނެހެން އިތުރު ރަށްތަކަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހެނދު 07:45 އިން ފެށިގެން މެންދުރު 13:30 އާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމަޔަށް ކަމަށް މެޓް އޮފީހުން ބުންޔެވެ. އަދި މި ވަގުތުތަކުގައި މި އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށް އެ އިދާރާއިން ބުންޔެވެ.



