އެއްމާބަނޑު ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އަބްދުލްރައްޒާޤްއާއި އައިމިނަތު ނަބީހާ އަބްދުލްރައްޒާޤް ޒެމްބިއާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބެޑްމިންޓަން ޑަބްލްސް ކެޓަގަރީން ރަން މެޑަލް ހޯދައިފިއެވެ.
އެމުބާރާތުގެ ފައިނަލްގައި ރޭ ޝްރީލަންކާގެ ދެ ކުޅުންތެރިއަކާއަކާ ވާދަކޮށް ނަބީހާއާއި ނަބާހާ މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ދެވަނަ ސެޓުންނެވެ.
ނަބީހާއާއި ނަބާހާ ފައިނަލަށް ގޮސްފައިފަނީ އަޒަރްބައިޖާންގެ ދެ ކުޅުންތެރިއަކާ ސެމީ ފައިނަލުގައި ވާދަކޮށް 1-2 އިންނެވެ.
މީގެއިތުރުން ނަބީހާއާއި ނަބާހާ ވަނީ މި މުބާރާތުގައި މިކްސްޑް ޑަބްލްސް ކެޓަގަރީން ބްރޮންޒް މެޑަލްވެސް ހޯދާފައެވެ. އެދެބެންނާއެކު މިމެޗުގައި ވާދަ ކުރީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން އަދި ޒަކީއެވެ.
މި މުބާރާތުގެ ސިންގްލްސް ކެޓަގަރީގައި ވާދަކޮށް ނަބީހާ ވަނީ ބްރޮންޒް މެޑަލް ހާސިލު ކޮށްފައެވެ. އޭނާއާ ވާދަކުރީ އަޒަރްބައިޖާންގެ ކުޅުންތެރިއެކެވެ.
ޒިމްބާބްވޭގައި ކުރިއަށްދާ މުބާރާތުން ނަބީހާއާއި ނަބާހާ ރަން މެޑަލް ހޯދާފައިވާއިރު، މިއަހަރުގެ ޖޫން މަހު ޔޫގާންޑާގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް މުބާރާތުގައި ވާދަކޮށް އެމުބާރާތުން ވެސް މިދެބެން ވަނީ ރަން މެޑަލް ހޯދާފައެވެ.




