މަސްތުވާތަކެތީގެ ޝިޕްމެންޓެއް ކަމަށް ބުނެ ކަސްޓަމްސުން ހިފެހެއްޓި ވޭޕް ފްލާތަކުގައި މަސްތުވާތަކެތި ނުހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވޭޕް އޮއިލް ގެ ނަމުގައި ރާއްޖެއަށް އެތެރެކުރި ޝިޕްމެންޓުގައި މަސްތުވާތަކެތި ނުހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފެހެއްޓި މިޝިޕްމެންޓު ހިފެހެއްޓުމަށްފަހު ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެރޭ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވޭޕް އޮއިލް ނުވަތަ ފްލޭވާގެ ނަމުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް މިއަދު ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ އެ ޝިޕްމަންޓުގައި ހުރި ތަކެތި ފުލުހުންގެ ލެބޯޓްރީން ޑްރަގަށް ޓެސްޓްކުރި ކަމަށެވެ. އަދި އެ ތަކެތީގެ ނަތީޖާއިން އެއީ މަސްތުވާތަކެތި ނޫން ކަމަށް ދައްކާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.



