ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީ ގެ މެމްބަރުންގެ މެދުގައި ހަމަ ނުޖެހުމެއް ހިނގައިފިއެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި ދިރާސާ ކުރަމުންދާ، ދިވެހިރާއްޖޭގެ ޤާނޫނޫ އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ދެކޮޅަށް އެމްޑީޕީ އިން މިވަގުތު މަޖްލިސް އިދާރާ ކައިރީގައި ކުރަމުންދާ މުޒާހަރާގެ ތެރެޔަށް ޕީއެންސީގެ މެމްބަރުން ވަނުމާއިއެކު އެ ސަރަހައްދު މަސްރަހު ވަނީ ވަރަށް ހޫނުވެފައެވެ.

އަދި މިވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވަމުން ދާއިރު، ދެ ޕާޓީގެ މެމްބަރުންވެސް ދަނީ އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ…



