ދ، އަތޮޅު ކުޑަހުވަދޫގައި ޕާސްޕޯޓުގެ ޚިދުމަތްދޭން މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.
އެގޮތުން އިމިގްރޭޝަނުން ބުނީ ”އިމުގާ“ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް މިހާރު ދ. ކުޑަހުވަދޫއިން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، ޕާސްޕޯޓު ބަލައިގަންނަ ތަން ނުވަތަ ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ޚިޔާރުކުރެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން އިމިގްރޭޝަނުން ބުނީ ކުޑަހުވަދޫއިން އެދޭ ޕާސްޕޯޓުތައް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ލިބެން ހުންނާނެ ކަމަށެވެ.
ކުޑަހުވަދޫއިން ޕާސްޕޯޓު ލިބެން ފެށުމަކީ އެ ރަށުގެ ރައްޔިތުންނާއި އަދި ދ. އަތޮޅުގެ އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އެއަތޮޅުގެ ރައްޔިތުން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ އެކި އަތޮޅުތަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބުމަކީ ގިނަ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމެކެވެ.



