ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން ޢަމަލު ކުރަން ފަށައިފިއެވެ.
މި އިސްލާހަށް ގެނައި ބަދަލާއެކު ރާއްޖެއިން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާހުގެ ދަށުން 1 ޑިސެމްބަރު 2024 އިން ފެށިގެން ޑިޕާޗަރ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ނަގަމުން އަންނަ ރޭޓުތަކަށް ބަދަލު އަންނާނެ ކަމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ބުނެފައެވެ.
އެއަރޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި ބަދަލަށް ޢަމަލުކުރަން ފަށާފައިވާއިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަތުންނެވެ. ނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބައިނަލްއަޤްވާމީ އެއާޕޯޓުތަކުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާނީ ހަމައެކަނި ޑިޕާޗަރ ޓެކުހެވެ.
އެގޮތުން މިއަދުން ފެށިގެން ދިވެހި އަދި ބިދޭސީ ޕަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނަގަންޖެހޭ ރޭޓުތައް މީރާއިން ވަނީ ހާމަކޮށްފައެވެ.
ޑިޕާޗަރ ޓެކްސް:
- އިކޮނޮމީ ކްލާސް
ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރުބި
- ބިޒްނަސް ކްލާސް
ދިވެހިންގެ އަތުން 120 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 120 އެމެރިކާ ޑޮލަރުފަ
- ފަސްޓް ކްލާސް
ދިވެހިންގެ އަތުން 240 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 240 އެމެރިކާ ޑޮލަރުޕް
- ޕްރައިވެޓް ޖެޓު
ދިވެހިންގެ އަތުން 480 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 480 އެމެރިކާ ޑޮލަރު
އެއާޕޯޓު ޑިވެލޮޕްމަންޓް ފީ:
- އިކޮނޮމީ ކްލާސް
ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު
- ބިޒްނަސް ކްލާސް
ދިވެހިންގެ އަތުން 120 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 120 އެމެރިކާ ޑޮލަރު
- ފަސްޓް ކްލާސް
ދިވެހިންގެ އަތުން 240 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 240 އެމެރިކާ ޑޮލަރު
- ޕްރައިވެޓް ޖެޓު
ދިވެހިންގެ އަތުން 480 އެމެރިކާ ޑޮލަރު
ބިދޭސީންގެ އަތުން 480 އެމެރިކާ ޑޮލަރު



