މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އަށް އައު 10 މެންބަރުން މިއަދު އިންތިހާބު ކޮށްފިއެވެ.
އެމްއެމްސީއަށް އައު މެންބަރުން އިންތިހާބު ކޮށްފައިމިވަނީ މިހާރު އެ ކައުންސިލުގައި ތިބި މެންބަރުންގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާތީއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި އެ އިންތިހާބުގައި މެންބަރުކަމަށް ހޮވިފައިވަނީ މީޑިއާތަކުން 7 މެންބަރަކާއި އާންމު ފަރާތްތަކުގެ 3 މެންބަރެކެވެ.
އެ މެންބަރުންނަކީ:
- ފާތިމަތު ޝަނާ މުޙައްމަދު – މިހާރު 118 ވޯޓު
- ނަޖާހު މަސްއޫދު – ވަގުތު 117 ވޯޓު
- ހަސަން ޝާކިރު – އާފަތިސް 93 ވޯޓު
- ހަފްސީ އަބްދުﷲ – ހަފްސީ.ކޮމް 75 ވޯޓު
- ހުސެއިން ޝަފީގް – ތިލަދުން 74 ވޯޓު
- ހުސެއިން ހަސަން – 27 އޮންލައިން 74 ވޯޓު
- ފާތިމަތު ނަހުދާ ފާއިޒް – ދިޔަރެސް 71 ވޯޓު
- އިބްރާހިމް ފައުޒީ – ގާނޫނީ ވަކީލެއް 80 ވޯޓު
- ފާތިމަތު ފަހުމީ – އެމްއެމްސީގެ ކުރީގެ ލީގަލް ހެޑް 76 ވޯޓު
- އިބްރާހިމް މުހައްމަދު – ކުރީގެ ނޫސްވެރިއެއް 49 ވޯޓު




