މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާއެކު ވަޒަން ކުރުމަކީ ޤައުމީ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދި މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަސް ކަމަށްވާތީ، ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒުގެ މެސެޖުގައި ވިދާޅުވެފައިވަނީ އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުގައި ދިވެހި މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާއެކު ވަޒަން ކުރުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.
މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ރައީސް މުޢިއްޒު ވަނީ އަޑުއައްސަވަޒި، އެކަންކަމަށް އަވަސް ހައްލެއްވެސް ހޯއްދަވާދެއްވުމުގެ މަސައްކަތް ފައްޓާވާފައެވެ.
އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިހާރު ގިނަ މަސްވެރިން ފާހަގަ ކުރަނީ މަސްވެރިންނަށް މިފްކޯއިން ނުދެވި ހުރި 38 މިލިއަން ރުފިޔާ އޮޑިވެރިންނަށްދީ އިއްޔެ ޚަލާސް ކުރެއްވި ކަމެވެ. އަދި މީގެ އިތުރުން މިއަދަށްފަހު މަސްވެރިން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި އެ މަސްދޯންޏެއްގެ ބީއެމްއެލް އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދިޔުން ފާހަގަ ކޮށްފައިވެއެވެ.




