ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދި މުޢިއްޒު އދ. އޮމަދޫއަށް ޒިޔާރަތް ކުރައްވައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ އދ. ގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް، އެރަށްތަކުގެ ހާލަތު ބައްލަވާލެއްވުމަށް އިއްޔެ ހަވީރު ފެއްޓެވި ދަތުރުފުޅެކެވެ.
އެގޮތުން އެމަނިކުފާނު އިއްޔެ އެންމެ ފުރަތަމަ ވަޑައިގަތީ އދ. ދަނގެތި އަށެވެ. އެއަށްފަހު މިއަދު މަހިބަދޫއަށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އޮމަދޫ ގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އޮމަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުންނާ ވެސް ބައްދަލު ކުރައްވާފައިވެއެވެ.
ރައީސް ވަނީ އޮމަދޫގެ ތަރައްޤީއަށް މިހާރު ހިނގަމުން އަންނަ މަޝްރޫޢުތަކާއި ކުރިއަށްހުރި މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރަށުގައި އެންމެ ދަތިވެފައިވާ ކަންކަން ވެސް އޮޅުންފިލުވާފައެވެ.



