މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސަކަށް ހުސައިން ސަޤީފް މިއަދު އިންތިޚާބުކޮށްފިއެވެ.
މިއަދު ފެށި އެމްއެމްސީގެ އައު ދައުރުގެ ރައީސަކަށް ސަގީފުގެ އިތުރުން ”މިހާރު“ ނޫހުގެ ފާތިމަތު ޝަނާ މުހައްމަދު ވާދަކޮށްފައިވާއިރު، ދެ މެންބަރުންގެ މެދުގައި އިއްޔެ ނެގި ފުރަތަމަ ވޯޓުގައި 2 މެންބަރުންވެސް އެއްވަރުވުމުން މިއަދު އަލުންވަނީ ވޯޓު ނަގާފައެވެ.
މިވޯޓުން ސަޤީން މިއިންތިހާބު ކާމިޔާބުކޮށްފައި ވަނީ 8 ވޯޓުންނެވެ. ޝަނާއަށް ލިބުނީ 7 ވޯޓެވެ.
އިއްޔެ ކުރިއަށްދިޔަ އިންތިހާބުގައި އެކައުންސިލްގެ ނައިބު ރައީސަކު ހަވަން ވޯޓު ނަގާފައިވާއިރު، އެމަގާމަށް އިންތިޚާބުވީ އިބްރާހީމް މުޙައްމަދެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގައި ތިބެނީ ޖުމްލަ 15 މެންބަރުންނެވެ. އޭގެ ތެރޭގައި މީޑިއާތަކަށް ނިސްބަތްވާ 8 ނޫސްވެރިންނާއި އަމިއްލަ ގޮތުން ހޮވާ 7 މެންބަރުން ތިބޭއިރު މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.




