އައްޑޫސިޓީން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓަކުން ނޭޕާލު ރައްޔިތަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަން ފަށައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ”ސީމެކްސް“ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލުގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރް ނަމަކަށްވާ މީހެއް ގެއްލިފައިވާކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލައް ސިޓީއާ އަށް މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.



