ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަން އެއާލައިންއިން އިތުރު ފްލައިޓްތައް އަޅަން ނިންމައިފިއެވެ.
މޯލްޑިވިއަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ޗުއްޓީ ދުވަސްތަކަށް އިތުރު ފްލައިޓް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ގަން އެއާޕޯޓަށް 3 ޖެނުއަރީ ގައި، ކައްދޫ އެއާޕޯޓަށް 2، 3 އަދި 6 ގައި، މާވަރުލު އެއާޕޯޓަށް 3 ޖެނުއަރީގައި، ތިމަރަފުށި އެއާޕޯޓަށް 3 ޖެނުއަރީ ގައި، ދަރަވަންދޫ އެއާޕޯޓު 2 ޖެނުއަރީ ގައި، ކުޅުދުއްފުށި އެއާޕޯޓަށް 3 ޖެނުއަރީ ގައި އަދި ހަނިމާދޫ އެއާޕޯޓަށް 2 ޖެނުއަރީގައެވެ.
މޯލްޑިވިއަން އެއާލައިން އިން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން ޓިކެޓް ނެގޭނެއެވެ.
ޗުއްޓީ ދުވަސްވަރާއި ދިމާކޮށް މޯލްޑިވިއަން އިން ވަނީ މިމަހު 15 ގައި ވެސް އިތުރު ފްލައިޓްތަކެއް އަޅަން ނިންމާފައެވެ.



