ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ސައިކަލެއް ކައްސާލައިގެން ވެއްޓި ދެ އަންހެނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ މިރޭ ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ސައިކަލެއް ކައްސާލައިގެން ވެއްޓި ދެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.
މީގެއިތުރުން، ބަހަކާއި ކާރެއް ޖެހި ވެސް މިރޭ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މިއެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއެކްސިޑެންޓުތަކުގެ ސަބަބުން ސިނަމާލެ ބްރިޖު އަދި ހަލިމަގުގައި ޓްރެފިކް ވަނީ ބޮޑުވެފައެވެ.



