އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ދިމާވީ ސިއްހީ މައްސަލައެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
ރަށުން ބޭރުގައި އުއްތަމަ ފަނޑިޔާރު ހުންނަވަނިކޮށް މައިބަދަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ރޭ ދަންވަރު އިމަޖެންސީގައި މާލެ ގެނެސް ފަރުވާދޭން ފަށާފައިވާއިރު، ހިނގާބިނގާވެ އުޅުއްވަން އުއްތަމަ ފަނޑިޔާރަށް ދަތިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އުއްތަމަ ފަނޑިޔާރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ ސުޕްރީމް ކޯޓު މިވަގުތު ރިސެސްގައި އޮތުމުގެ ސަބަބުން ބ. ފުޅަދޫގައި ޗުއްޓީއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
މިކަމަށާއި ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.




