މާލޭގެ ގަލޮޅު ގެއެއްގެ ތެރެއިން މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ގަލޮޅު ގެއެއްގައި މީހަކު ޚަބަރު ހުސްވެފައި އޮތްކަމުގެ މައުލޫމާތު މިއަދު ހަވީރު 05:02 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެމީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަން ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
ނިޔާވެފައިވަނީ ގ. ފްރެސް ލައިޓް އަލީ ރަޝީދު (35އ.) އެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.


