ހަތް މެޖިސްޓްރޭޓު ކޯޓަކަށް މިއަދު ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 65 ވަނަ ބައްދަލުވުމުގައި، ހަތް ކޯޓަކަށް ފަނޑިޔާރުން އައްޔަނު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ޖޭއެސްސީގެ ބަޔާނުގައި ވަނީ ފަނޑިޔާރުން އައްޔަނު ކުރި ހަތް ކޯޓާއި، އައްޔަނު ކުރި ފަނޑިޔާރުންގެ ނަންތައް ވެސް އެ ބަޔާނުގައި ހިމަނާފައެވެ.
ޖޭއެސްސީން އައްޔަނު ކުރި ފަނޑިޔާރުންނާއި މެޖިސްޓްރޭޓު ކޯޓުތައް:
- ކ. މާފުށި މެޖިސްޓްރޭޓް ކޯޓު
މާފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ، ކ.މާފުށި، ޝާހީ، ޝިފްނާ އަހުމަދު ސާދިގު އެވެ.
- ލ. މާވަށު މެޖިސްޓްރޭޓް ކޯޓް
މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ ލ. ގަން، މަތިމަރަދޫ، ފަޒާ، އަހުމަދު ޝާފީ އެވެ.
- ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓް
ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަން ކޮށްފައިވަނީ ހއ. ބާރަށު، ރޭސަމް، އަބްދުﷲ ޖައިލަމް އެވެ.
- ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓް
ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް އައްޔަން ކުރުމަށް ނިންމާފައިވަނީ ބ. ކެންދޫ، ސައްކެޔޮގެ، ޖިނާން އަބްދުﷲ އެވެ.
- ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓު
ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަން ކޮށްފައިވަނީ ފ. ދަރަނބޫދޫ، ރޯޝަނީގެ، އަލީ އިސްމާއީލް އެވެ.
- ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް އައްޔަން ކޮށްފައިވަނީ ލ މާވަށް، އެންދެރިމާގެ، އިސްމާއީލް މާހިރު އެވެ.
- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓް
ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ ގދ ގައްދޫ، ޔެލޯސީ، އަހުމަދު އަވްފު އަބްދުއްސަމަދު އެވެ.




