މި ފެށޭ 2025 ވަނަ އަހަރު ފެށޭ ރެއަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެންއެމްޑީއެމްއެފް އިން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައު އަހަރުގެ ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށްގެންދާ ފަރިތަކުރުންތަކެއްގައި، މިރޭ 8:00 ހާއިރު، ހުޅުމާލެ ފޭސް 3 ސަރަހައްދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ފަރިތަކުރުންތަކުގައި، 2 މިނެޓްގެ ތިން ޝޯވްއެއް ކުރިއަށް ގެންދާނެ ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ. އެހެންކަމުން މުޅިއަކު ހަވާ އަރުވާނީ ހަ މިނެޓަށް ކަމަށް ބެލެވެއެވެ.
އައު އަހަރު ފެށުމުގެ އުފަލުގައި ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 1 ވަނަ ދުވަސް ފެށޭ ގަޑި ކަމަށްވާ 00:00 ގައި ހަވާ އެރުވުމަކީ ކޮންމެ އަހަރަކުހެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިއަހަރު ވެސް އައު އަހަރާ ދިމާކޮށް މިޔުޒިކް ޝޯއެއް ވެސް ބާއްވާފައިވެއެވެ.



