ތ. ތިމަރަފުށީގައި މީހަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
މި ޙާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 1:27 ގެ ހާއިރުގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ ތިމަރަފުށީގެ ގެއަކަށް ފަސް މީހަކު ވަދެ، މާރާމާރީ ހިނގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ އިތުރު ތަފްޞީލުތައް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު މިމަައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



