ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު މައްކާއަށް ދަތުރުކުރި ދިވެހި ރައްޔިތަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން އުޅޭ މީހާއަކީ ޏ. ފުވައްމުލަކު، ސްޓެއްލާ ގޭ ހުސެއިން މުހައްމަދު ދީދީ ކަމަށް ވެއެވެ.
އެ ޖަމާއަތުގެ ފަރާތުން މިއަދު ހާމަކުރި ގޮތުގައި، ހުސެއިން މުހައްމަދު ދީދީ ގެއްލިފައިވަނީ އުމްރާގެ އަޅުކަމުގެ ތެރެއިން ސަޢީ ކުރަމުންދަނިކޮށެވެ. އިތުރަށް އޭނާ ބުނި ގޮތުގައި، ގެއްލުނު ވަގުތު ހުސެއިން މުހައްމަދު ދީދީ ހުރީ އިހުރާމުގައި ކަމަށާއި، އަދި ކަރުގައި ފާސްވެސް އަޅާފައި ހުންނާނެއެވެ.
ހުސެއިން މުހައްމަދު ދީދީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، އެކަން އަންގައިދިނުމަށް އެ ޖަމާއަތުން އާންމުންނަށް ގޮވާލައިފިއެވެ. މިކަމާ ގުޅިގެން މަޢުލޫމާތު ހިއްސާކުރުމަށް މައްކާއިން ގުޅޭނެ ނަންބަރުތަކަކީ 593709492 966+ އަދި 565836862 966+ އެވެ. އަދި މާލެއިން ގުޅޭނެ ނަންބަރުތަކަކީ 9199919 އަދި 7901612 އެވެ.




