ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޝަހީދު އިބްރާހީމް އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ.
ވެމްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ނިންމުމަކީ ސަރުކާރުން ނިންމެވި ނިންމުމެކެވެ.
ޝަހީދު އިބްރާހީމް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މިއަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު އައްޔަންކޮށްފައިވާއިރު، އައްޔަންކުރައްވާފައިވާއިރު، އޭނާ ވަނީ 8 މަސް ދުވަހު އެމަގާމުގައި ހުންނަވާފައެވެ.
ޝަހީދު އިބްރާހީމް ވެމްކޯގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން އެމްއެންޑީއެފްގައި އަދި ޕީއެންސީގެ ސެނެޓުގެ ކައުންސިލް މެންބަރެއްގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.



