ޤަވާއިދާ ޚިލާފަށް ރާއްޖެޭގެ އިޤްތިޞާދީ ސަރަހައްދަށް އެތެރެވީ ލަންކާގެ ބޯޓެއްކަން ހާމަވެއްޖެއެވެ.
މި ބޯޓު ރާއްޖެ އެތެރެވަނި އެމްއެންޑީއެފް ސިން އަތުލައިގަތީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
އެމްއެންޑީއެފް އިން އެދުވަހު ވިދާޅުވީ އެ ބޯޓު ލޮކޭޓް ކުރީ ޑްރޯންގެ އެހީގައި ކަމަަށާއި، އެ ބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށުގައި އޮތް ކަމަށެވެ.
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ އެއީ ޝްރީ ލަންކާގެ ބޯޓެއްކަން މިހާރު އެނގިފައިވާ ކަމަށާއި އެ ބޯޓުގައި ތިބީ ތިން މީހުން ކަމަށެވެ. އަދި މިހާރު އެ އުޅަނދު ވަނީ ފުލުހުންނާ ހަވާލު ކޮށްފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމްއެންޑީއެފުން ވަނީ މިދިޔަ މަހު ވެސް ރާއްޖެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅުނު ބޯޓެއް، ޑްރޯނުގެ އެހީގައި ހޯދާފަ އެވެ.



