ތ. ތިމަރަފުށީގައި އިއްޔެ މާރާމާރީ ހިންގި ފަސް މީހުން ހައްޔަރުކޮށް އެމީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ތިމަރަފުށީ ގެއަކަށް އިއްޔެ މެންދުރު 1:27 ހާއިރު ފަސް މީހަކު ވަދެ، މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށި ޖަހާމުގުރިގެ / އަހްމަދު އަމީން (36އ.)، ތިމަރަފުށި ސަލްވާ / އަހްމަދު ޝަހުދީ (38އ.)، ތިމަރަފުށިި ގުލްބަކާ ވިލާ އަބްދުﷲ އަޝްރަފް (39އ.) އަދި ހަމަ އެރަށު ހިރި / އާސް އިބްރާހިމް (32އ.) ގެ އިތުރުން މާލެ ވ. ވަވަތް / މުޙައްމަދު ރައޫފް (52އ.) އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



