ވައްކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އދ. ކުނބުރުދޫ މާބަގީޗާގޭ އާއިޝަތު ނުހާ (24 އަހަރު) އެވެ.
އޭނާ އަކީ މީގެކުރިން އިތުރު ފަރާތަކާ ގުޅިގެން މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ހޯދަން ފުލުހުން އިއުލާންކޮށްފައިވާ އަންަހެނެކެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި އާއިޝަތު ނުހާ ވަނީ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވިފައެވެ. މިފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ ވައްކަމުގެ އިތުރުން ހުއްދަނެތި ގޯތިގެދޮރަށް ވަނުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އާއިޝަތު ނުހާ ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.



