ދިވެހި މުޖުތަމަޢުއަކީ ނަމާދަށް ލޯބިކުރާ ބަޔަކު އުޅޭ ތަނަކަށް ހެދުމަށް ”ނަމާދު މަތިވެރިކުރުން“ ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މިއަހަރު ފެށުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުޢާމަލާތުކުރުމުގެ ޒަމާނީ ޢިލްމީ އާގޮތްތައް ބޭނުންކޮށްގެން ކަމުގައި އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ޕްރޮގްރާމަކީ މުޖްތަމަޢުގެ ފަރުދުން ނަމާދަށް ހޭލުންތެރިކުރުވުމާއ،ި ނަމާދަށް ލޯބިޖެއްސުމާއ،ި ނަމާދު މަތިވެރިކުރުމާއ،ި މާތް الله އަމުރު ކުރައްވާފައިވާ ގޮތަށް އަދި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތަށް ނަމާދުގެ އަޅުކަން ޤާއިމުކުރުމަށް ބާރުއެޅުމަށްކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމުގެ ދަށުން ނަމާދާގުޅުންހުރި މީޑިއާގެ ޚާއްޞަ ބަޔަކާއި، އޮންލައިން އަދި އޮފްލައިން ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދިޔުން ހިމެނެއެވެ. މީގެއިތުރުން ލައިބްރަރީތަކާއި، ދިރާސާތަކާއި، އިސްތިޝާރީ ލަފާދިނުމާއި، ވެބްސައިޓަކާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރަށް ޚާއްސަކޮށްގެން ދީނީ ޝިޢާރު ފުޅާކުރުމަށްޓަކައި އެތައް ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.



