ފ. ދިގުވަރަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހިފައިވާކަމުގެ މަޢުލޫމާތު އިއްޔެ ފ. ފީއަލީ ޕޮލިސް ޕޯސްޓަށް ލިބުމާ ގުޅިގެން، އެ މީހުންނަށް ފުލުހުން އެހީތެރިވެދީފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމަށް ފުލުހުންނާއި، ފީއަލީ ކައުންސިލް އަދި އެމްޓީސީސީ ފެރީގެ މުވައްޒަފުން ގުޅިގެން ވަނީ މަސައްކަތްކޮށްފައެވެ. އަދި ރޭގެ ވަގުތެއްގައި ހާލުގައި ޖެހުނު މީހުން ވަނީ ފ. ފީއަލީއަށް ރައްކާތެރިކަމާއެކު ގެނެވިފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލުތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިދުވަސްކޮޅު މޫސުން ގޯސްވުމުގެ ސަބަބުން ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްްތިމާސްކޮށްފައެވެ. އަދި ވަކީން ޚާއްސަކޮށް ކަނޑުދަތުރަށް ފުރުމުގެ ކުރިން ސަމާލުވުމަށް ވަނީ އެދިފައެވެ.



