މަޝްޙޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޒާރާ އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
މި ދެ ބޭފުޅުންގެ އުމްރާ ދަތުރުގެ މަންޒަރުތައް ޒާރާގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ.
މި ދަތުރު މި ކުރައްވަނީ، ފާއިތުވި މަހު ސޯޝަލް މީޑިއާގައި ސިޔާމު ޒާރާއަށް އަނިޔާކޮށްފައިވާ ވާހަކަތަކެއް މީސްމީޑިއާގައި ދެކެވިފައި ވަނިކޮށެވެ. މި ވާހަކަތަކާ ގުޅިގެން ސިޔާމަކީ އަންހެނުންނަށް އަނިޔާވެރިވާނެ ފަދަ ބޭފުޅެއް ނޫންކަމަށާއި، އޭނާ ދެކެ ވަރަށް ލޯބިވާކަމަށް ޒާރާ ބުނެފައިވެއެވެ.
ބ. ކަމަދޫއަށް ނިސްބަތްވާ ޒާރާ އާއި ސިޔާމު ކައިވެނި ކޮށްފައި ވަނީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ.



