މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އެއްކޮށް އަލިވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން މިއަދ މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.
މެޓް އޮފީހުން ކުރިން ބުނިގޮތުގައި ރާއްޖެއަށް މިދުވަސްވަރު ކުރަމުންއަންނަ ވިއްސާރައަކީ ޝްރީ ލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ސާކިއުލޭޝަންގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި މިހާރު އެ ސާކިއުލޭޝަންގެ ބާރު ދަށްވަމުންދާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އެހެންކަމުން މި ދެދުވަހު ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް، ވަކިން ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށާއި، މޫސުމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



