ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ފަޔާޒު މަންސޫރު އައްޔަންކޮށްފިއެވެ.
މިއީ މިސަރުކާރުން ވެރިކަމަށް އައުމަށްފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މީހަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ހުސްވި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އަދި އޭނާ ވަނަ ދުވަހު ފަޔާޒު މި މަޤާމަށް ޢައްޔަންކޮށްފައިވާއިރު، އޭނާ ވަނީ މިއަދު މަސައްކަތަށް ނުކުންނަން ފަށާފައެވެ.
ފަޔާޒަކީ އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ފަރާތެކެވެ. އޭނާ ވަނީ ކުއަންޓިޓީ ސަރވޭއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައެވެ. އަދި ނިއުޒީލަންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީން ބިލްޑިންގ ސައިންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވެއެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ސަރުކާރުގައި އަޙްމަދު ޤައިސްއެވެ.
މިވަގުތު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވަމުން ގެންދަވަނީ މަޢުރޫފް ޖަމީލެވެ.



