2025 ވަނަ އަހަރަކީ ގެދޮރުގެ ދަތިކަމުގެ މައްސަލަ ޙައްލުކުރުމަށް އެންމެ ގިނަ މަސައްކަތް ކުރެވޭނެ އަހަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު މާލެ އަތޮޅު ގުޅީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރަކީ ”ބޯހިޔާވަހިކަމުގެ އަހަރު“ ކަމަށް ހަމަޖައްސަވާފައިވާ ކަމަށާއި، މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަޙައްދެއްގައި ހިންގުމަށް ރޭވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ތަންފީޒުކުރާނެ ފަރާތްތައް ހޯދުމަށް މި މަހު އިޢުލާންކުރައްވާނެ ކަމަށެވެ.
މީގެއިތުރުން، ”ރަސްމާލެ“ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އެންމެ ބޮޑު ޙައްލެއް ހޯދައިދޭނެ މަޝްރޫޢު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އިތުރަށް ހަލުވިކުރެއްވުމަށް ރާއްވަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި އަހަރަކީ ތަރައްޤީގެ މަޝްރޫޢުތަކާއި އިޤްތިޞާދީ ކުރިއެރުން އިޙްސާސްކުރެވޭނެ އަހަރެއް ކަމަށެވެ. އަދި ސަރުކާރުގެ ދަރަނިތައް އަދާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއިއެކު، ވަގުތީ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، އެންމެން އެއްބައިވެ ޤައުމުގެ ލާބައަށް މަސައްކަތްކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ރޭވިފައިވަނީ ރައްޔިތުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކަމަށްވެސް ރާއިސް ފާހަގަކުރެއްވިއެވެ.



