ހިޔާ ފުލެޓުގެ ބައެއް ޓަވަރުތަކުން މިރޭ ފެނުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީން ހާމަކޮށްފައިވާ ގޮތުގައި ހުޅުމާލެ ފޭސް 2 ގެ ފެނުގެ ވިއުގައިގެ މަރާމާތު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށްޓަކައި، މިރޭ 22:30 އިން ފެށިގެން މެންދަމު 03:00 އާ ހަމައަށް ހިޔާ ފުލެޓު 3 އަދި 4 ގެ އެންމެހައި ފަންގިފިލާތަކުން ފެނުގެ ޚިދުމަތް ހުއްޓާލެވޭނެއެވެ.
މި މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މަޢާފަށް އެދިފައެވެ.




