ހުޅުމާލޭގައި ޒިބްރާ ކްރޮސް މަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:05 ހާއިރުއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގު އުތުރުން ދެކުނަށް ދުއްވާފައި އައި ކާރަކުން ޒިބްރާ ކްރޮސް ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހިއެވެ.
މި ހާދިސާގައި އަނިޔާވި ފަރާތަށް ފަރުވާ ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ކުރިއަށް ގެންދާ ކަމަށްވެސް އެ އޮފިސަރު ވިދާޅުވިއެވެ.



