ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ކަރީމް ވަނީ ގދ. ރަތަފަންދޫ އަދި ގދ. ނަޑެއްލާ ފެނަކަ ބްރާންޗްތަކަށް ޒިޔާރަތްކުރައްވައިފައެވެ.
މި ދަތުރުފުޅުގައި އެ ދެ ރަށުގެ ފެނަކަ ބްރާންޗްތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޚިދުމަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވިއެވެ.
މިއަދު ގދ. ރަތަފަންދޫއަށް ކުރެއްވި ޒިޔާރަތުގައި، ޑެޕިއުޓީ އެމްޑީ މުޙައްމަދު ޢަބްދުލް ކަރީމް ވަނީ ރަތަފަންދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ ބްރާންޗުން ދެމުންގެންދާ ޚިދުމަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޚިދުމަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، މުވައްޒަފުންގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

މީގެ އިތުރުން، އިއްޔެ ގދ. ނަޑެއްލާއަށް ކުރެއްވި ޒިޔާރަތުގައިވެސް ޑެޕިއުޓީ އެމްޑީ ވަނީ ނަޑެއްލާ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ ބްރާންޗުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ. އަދި ޚިދުމަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، މުވައްޒަފުންނާ މަޝްވަރާކުރައްވާފައިވެއެވެ.



