އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ އިސްވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓް ލިބިފައިވަނީ އުސޫލާ އެއްގޮތަށް ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން އެކްސްގައި އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ، ރަޖުނީއަށް ވިނަރެސް ފްލެޓް ލިބުމުގައި އެއްވެސް ގަވާއިދާ ޚިލާފު ޢަމަލެއް ހިނގާފައިވޭތޯ ކަމާގުޅޭ މުއައްސަސާތަކުން ލިބިފައިވާ މަޢުލޫމާތު ދިރާސާކުރުމަށްފަހު، އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ވިނަރެސް ހައުސިންގ މަޝްރޫޢުން އުސޫލާ ޚިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އިޖުތިމާޢީ ވިއުގަތަކުގައި ފެތުރުނު މަޢުލޫމާތާ ގުޅިގެން ރަޖުނީ ވަޒީފާއިން އެކަހެރިކުރެވުނެވެ.
ފުލުހުން އޭރު ވިދާޅުވި ގޮތުގައި، އެ ބަދަލު ގެނެވުނީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިހާރު ކުރިއަށްދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަޙްޤީޤުގެ އިތުބާރު ދެމެހެއްޓުމަށާއި އެ ތަޙްޤީޤަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަން ކަށަވަރުކުރުމަށެވެ.
ނަކަލު ލިޔެކިޔުންތަކެއް ހުށަހަޅައިގެން ނުޙައްޤުން ގޯތިތަކެއް ހޯދި މައްސަލައިގެ ތަޙްޤީޤާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ބައިވެރިވި ރަޖުނީއަށް ވިނަރެސް ފްލެޓް ލިބިފައިވަނީ އުސޫލުން ބޭރުން ކަމަށް ބުނެ މީސްމީޑިއާގައި ޚަބަރު ފެތުރިފައިވާއިރު، މީސްމީޑިއާގައި ޢާންމުވެފައިވާ ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓުގައި ރަޖުނީގެ ނަން ހިމެނިފައިވެއެވެ.
އެހެންނަމަވެސް، ރަޖުނީއަށް ވިނަރެސް ފްިނަރެސް ފްލެޓް ދޫކުރަން ނިންމި ލިޔުމާއި އެކަމުގެ އެއްބަސްވުމުގެ ކޮޕީއިން އެނގޭ ގޮތުގައި ރަޖުނީއަށް ވިނަރެސް ފްލެޓެއް ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ 2022 ވަނަ އަހަރު، ހިޔާ ފްލެޓްގެ ބަދަލުގައި ވިނަރެސް ފްލެޓް ހޯދަން ހުޅުވާލި ފުރުސަތުގައި އޭނާ އެކަމަށް އެދިގެން ކަން ސާފުވެއެވެ.



