އދ. އަތޮޅުގެ ރިސޯޓެއް ކައިރީގައި އޮތް ”ނޯތު 7“ ކިޔާ ސަފާރީއަކުން ރޭގެ ވަގުތެއްގައި ކަނޑަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ނ. ހޮޅުދޫ ސީވީޑް، އަލީ އަރުޝަދު (35 އަހަރު) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އަރުޝަދު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިއަދު އެވެ. އަދި ސީސީޓީވީ ކެމެރާ ފުޓޭޖުން އެނގޭ ގޮތުގައި، އަރުޝަދު ވަނީ ސަފާރީގެ ޑެކްމަތީގައި ހުއްޓައި ވެއްޓި، އަރިމަތީ ޑެކްގައި ޖެހި މޫދަށް ވެއްޓިފައެވެ.
މި ހާދިސާއާ ގުޅިގެން، އަރުޝަދު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ސިފައިންގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ދަރުރުކުރަމުން. pic.twitter.com/aVy7ItzbIM
— Maldives National Defence Force (@MNDF_Official) January 10, 2025
މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް ”ނޯތު 07“ ސަފާރީއިން ދިވެއްސަކު ކަނޑަށް ވެއްޓި ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމާ ގުޅިގެން، ޑައިވަރުންގެ ޓީމަކާއެކު ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަތުރުކުރަމުންދާ ކަމަށެވެ.




