ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.
އެހެންކަމުން އެއިދާރާއިން ވަނީ މިއަދުގެ 13:00 އިން ފެށިގެން މިރޭ 19:00 އާއި ހަމައަށް އެސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.
މިދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަމާބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުވުމަށް ހުރިހާ ފަރާތެއްގެ ކިބައިން އެދިފައެވެ.




