ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ ”ރަމަޒާން ބާޒާރު“ ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި އިނާމުތަކާއި ހަރަކާތްތަކަކާއެކު ފެށިއްޖެއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން މި އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ރަމަޟާން ބާޒާރު“ ޕްރޮމޯޝަން 9 ޖަނަވަރީ 2025 ވަނަ ދުވަހު ވަނީ ފެށިފައެވެ. ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނޭ ގޮތަށް ރޭވިފައިވާ މި ސޭލް ކުރިއަށްދާނީ 31 މާރިޗު 2025 ގެ ނިޔަލަށެވެ.
އެސްޓީއޯ ރަމަޟާން ބަޒާރަކީ ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޞާން ބަޒާރުގައިވެސް ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން، މިއަހަރުގެ މި ރަމަޟާން ބާޒާރުގައި %50 އާހަމައަށް ހޯމްއެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ. އަދި 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިގެންދާއިރު ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯ ރަމަޟާން ބާޒާރު 2025ގެ އެންމެ ޙާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި، މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.
މީގެއިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯރ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



