އެއާޕޯޓް ޕޭ ޕާކިން ސަރަހައްދުން ނުކުތް ސައިކަލެއް އެއާޕޯޓް އިން ނުކުންނަން ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިމައްސަލަ އާއި ގުޅޭ ގޮތުން ފުލުހުން މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ އެއާޕޯޓް ޕޭ ޕާކިން ސަރަހައްދުން ނުކުތް ސައިކަލެއް އެއާޕޯޓް އިން ނުކުންނަން ދިޔަ ކާރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ މިއަދު 16:20 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



