ބަންގްލަދޭޝްގެ ދެ ރައްޔިތަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނު ކޮށްފިއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ނެރެފައިވާ އިއުލާނުގައި އެމީހުންގެ މައުލޫމާތު ހިމަނާފައިވެއެވެ.
އެގޮތުން އިމިގްރޭޝަނުން ހޯދަމުންދަނީ އުމުރުން 36 އަހަރުގެ އެމްޑީ އެޑޮމް އަލީ ނަމަކަށް ކިޔާ މީހަކާއި އުމުރުން 32 އަހަރުގެ އެމްޑީ ޝަހިދުލް އިސްލާމް ޝުޕޮން ނަމަކަށް ކިޔާ މީހެކެވެ.
މި ދެ މީހުން އަންނަ ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އެ އިއުލާނުގައި އަންގާފައިވެއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ދެމެދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަނަށް ހާޒިރުވުމަށެވެ.
މީގެއިތުރުން، މި ދެ ފަރާތާ ބެހޭ މަޢުލޫމާތު ނުވަތަ އެ ފަރާތްތައް އުޅޭ ތަނެއްގެ މަޢުލޫމާތު އެނގޭނަމަ، އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ގުޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް އެންގުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.




