ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ އުޅަނދެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ މި ބޭރުގެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އިއްޔެ އެވެ.

އެމްއެންޑީއެފްގެ ފަރާތުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އުޅަނދަކީ ސްރީލަންކާއަށް ނިސްބަތްވާ ބޯޓެއްކެވެ. އަދި އެބޯޓުގައި 6 ފަޅުވެރިން ތިބިކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނީ މި މައްސަލައިގެ އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދިއުމަށްޓަކައި، އެ މަސްބޯޓު ވަނީ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި ކަމަށެވެ.



