އާޓިފިޝަލް ބީޗުގައި ބިދޭސީންގެ މެދުގައި އަނެއްކާވެސް މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާ ކުރި މެސެޖެއްގައި ބުނެފައި ވަނީ އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް މިރޭ 20:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިމާރާމާރީގެ މަންޒަރު ރިކޯޑް ކުރި ދިވެއްސަކާއިމެދު ވެސް އެމީހުން މާރާމާރީ ހިނގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން އިންޑިއާއަށް ނިސްބަތްވާ 3 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހުސްވި އަހަރުގެ ޑިސެމްބަރު މަހުވެސް އިންޑިއާއަށް ނިސްބަތްވާ ބިދޭސީންތަކެއް ވަނީ އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގައި، ޒުވާބުކޮށް އަދި މާރާމާރީ ހިނގާފައެވެ. އެކަމާއި ގުޅޭ ގޮތުން އިމިގްރޭޝަނުން ބުނީ އެމާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ޑީޕޯޓުކޮށްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.




