މާލޭގައި 3 އަހަރުގެ ކުޑަ ކުއްޖަކަށް ގޭގައި ގެންގުޅޭ މީހަކު އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ކުޑަކުއްޖާއަށް އަނިޔާކޮށްފައި ވަނީ ނޭޕާލްއަށް ނިސްބަތްވާ އަންހެނެކެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން މީޑިއާ އާއި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ މާލޭގެ ގެއެއްގައި 3 އަހަރުގެ ކުޑަކުއްޖަކަށް ގޭގައި ގެންގުޅޭ ނޭޕާލްގެ އަންހެނަކު އަނިޔާކުރި މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ވިދާޅުވީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



