މިރޭ ހަވާ އެރުވުން މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.
ހަވާ އެރުވުމާއި މިޔުޒިކް ޝޯއެއް މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް ހަމަޖެއްސީ ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ސުޕަ މާކެޓް ހުޅުވުން ފާހަގަކުރުމަށެވެ.
ނަމަވެސް މޫސުން ގޯސްވުމާ ގުޅިގެން މިހާރު މިޔުޒިކް ޝޯއާއެކު ހަވާ އެރުވުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.
މިއަދު މާލެއަށް ވިއްސާރަ ކުރަމުން ދާއިރު، މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މިރޭ 1 ޖެހުމާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.



