ރ. އަތޮޚުގައި ހިންގާ ރިސޯޓެއްގެ މުވައްޒަފަކު އިއްޔެ ސްނޯކްލިންގަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ އިންޑިއާ އަށް ނިސްބަތްވާ އާފްތާބް ޚާން (25އ.) ކަމަށެވެ.
އޭނާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ އިއްޔެ ހަވީރު 4:09 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އާފްތާބް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުންދާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.




