އުމުރުން 13 އަހަރުގެ ކުއްޖަކު ފިހުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ދެމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން ވަނީ މިމަހުގެ 23 ވަނަ ދުވަހު އެ މައްސަލަ ތަހުގީގު ކުރައްވަން ފަށާފައި ކަމަށެވެ.
އެކުއްޖާއަށް ފަރުވާ ދެމުންދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގި ގޮތް ތަހުގީގުގެ ތެރެއިން ކުރައްވަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.




