ރ. އުނގޫފާރުން ށ. މިލަންދޫއަށް 15 މީހުންނާއެކީ ދަތުރުކުރި ލޯންޗެއް މިއަދު ހަވީރު ބަންޑުން ޖަހާލައިފިއެވެ.
އެނގިފައިވާ ގޮތުގައި އެ ލޯންޗު ބަންޑުން ޖަހާލީ މިލަންދޫއާއި މާކަނޑޫދޫ ކައިރިން މިއަދު ހަވީރު 5:30 ހާއިރެވެ. ބަންޑުން ޖަހާލި އެ ލޯންޗުގައި ފަސް ކުޑަކުދިންނާއި ހަ އަންހެނުންނާއި ހަތަރު ފިރިހެނުން ތިބި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިލަންދޫ ކައުންސިލުގެ ރައީސްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗު ބަންޑުން ޖަހާލީ ލޯންޗުން ތަންގަނޑެއް ނައްޓައިގެން ގޮސްގެން އަޑިއަށް ގޮސްގެނެވެ.
މި ލޯންޗުގައި ދަތުރުކުރި އެންމެންވެސް ވަނީ ސަލާމަތްކޮށްފައެވެ.
ނަމަވެސް މިހާދިސާއާ ގުޅިގެން، ލޯންޗުން ދަތުރުކުރި ބައެއް މީހުންނަށް ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެމީހުންނަށް މިލަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.



