ރާއްޖޭގެ އެންމެ ޒަމާންވީ، އަދި އެންމެ ކާމިޔާބު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރަންސްގެ 40ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
އެގޮތުން އެ ކުންފުނީގެ އަހަރީ ދުވަސް ފަށާފައިވަނީ، އެކުންފުނީގެ މުވައްޒަފުންނާއެކު ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ނާސްތާއަކާއި، ކޭކް ފެޅުމުގެ ރަސްމިއްޔާތަކުންނެވެ. އެއަށްފަހު އެލައިޑް ކޯޕަރޭޓް އޮފީހުގައި ބޭއްވި އެނިވަރސަރީ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި މުނާއްސަބަތާއި ގުޅިގެން ކުރިއަށްދާނެ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ހިއްސާކޮށް، ޚާއްސަ އޮފަރ ތަކެއް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި:
- މިއަހަރު ނަގާ ކޮންމެ ލައިފް އެންޑް ފެމެލީ ޕްލޭނެއްގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50% ޑިސްކައުންޓް ލިބޭ
- ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން؛ މިއަހަރުގެ ފެބުރުވަރީ، މާރޗް އަދި އޭޕްރިލް މަހު ނަގާ ކަމަނަ ޕްލޭންތަކުގެ ފުރަތަމަ މަހުގެ ޕޭމަންޓުން 100% ޑިސްކައުންޓް ލިބޭ
- އާންމުން އިންޝުއަރަންސްގެ ރައްކާތެރިކަށް އަހުލުވެރިކުރުމުގެ ގޮތުން އައު އެޑް ސީރީޒެއް އިފްތިތާހުކުރުން
- އެލައިޑުގެ ޓޮޕް ބްރޯކަރުންނާއި އޭޖެންޓުން އަދި ޓޮޕް ކްލައިންޓްސްގެ މަސައްކަތް އަގުވަޒަންކޮށް ޕްލާކް އަދި ކޭކް ހަވާލުކުރުން
- އެލައިޑްގެ އެނިވަރސަރީ ދުވަހު އުފަންދުވަސް ފާހަގަކުރާ ފަރާތްތަކުގެ ތެރެއިން ކުންފުނީގެ އޮފީހަށް އަންނަ ފުރަތަމަ 40 ފަރާތަށް ހަދިޔާ ދިނުން
- އެލައިޑް ފްރަންޓް އޮފީސް ކުރިމަތީގައާއި ހުޅުމާލެ އަދި އައްޑޫ ހިމެނޭގޮތަށް ކަސްޓަމަރުންނަށް ކަޕްކޭކް ބެހުން
- މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެކު ”ރައްކާ 2025“ އެއްބަސްވުމުގައި ސޮއިކުރުން
- މަގުމަތީގެ ގަވައިދުތަކަށް އަމަލުކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެކު ”ގުޑް ސިޓިޒަން ޕްރޮގްރާމް، އެލައިޑް އެނިވަރސަރީ އެޑިޝަން“ ބްރިޖް ސަރަހައްދުގައި ކުރިއަށްގެންދިޔުން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލައިޑްގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ލުވެއިޒް ވަނީ އެލައިޑް އިންޝުއަރަންސްގެ 40 އަހަރުގެ ތާރީހުގައި ކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ރައްޔިތުންނަށް ހިދުމަތްކުރުމުގައި އައު އިޖާދީ ވިސްނުންތަކާއި އެކު، ރައްޔިތުންގެ ރައްކާތެރިކަން އިސްކުރާ ބައިވެރިއެއްގެ ގޮތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ލުވެއިޒްގެ ވާހަކައިގައި ވަނީ ދެއްވާފައެވެ.



