ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައިވާ ކަމަށެވެ.
މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންދާ ކަމަށާއި މިކަމާ ގުޅިގެން ދިމާވާނެ ދަތިތަކަށް އެކުންފުނިން މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.



