އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައިދޭ އެހީތައް 69 މިލިއަން ޑޮލަރަށް އިތުރު ކުރަން އެ ޤައުމުގެ ބަޖެޓުގައި ހިމަނައިފިއެވެ.
އިންޑިއާއިން މިއަހަރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު އެ ޤައުމުގެ ފިނޭންސް މިނިސްޓަރު ނިރުނަލާ ސީތާރަމަން ވަނީ މިއަދު އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ހުށަހަޅާފައެވެ.
އެ ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (69 ހާސް ޑޮލަރު) ވަނީ ކަނޑައަޅާފަ އެވެ.
މި އަދަދަކީ އިންޑިއާއިން ރާއްޖެއަށް މިދިޔަ އަހަރު ދޭން ކަނޑައެޅި ބަޖެޓަށްވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅީ 470 ކްރޯޑު އިންޑިއަން ރުޕީސް (54 މިލިއަން ޑޮލަރު) އެވެ.




